އީޔޫއިން ރާއްޖެއަށް އާ ސަފީރަކު ކަނޑައަޅައިފި

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު، ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ރައީސް އޮފީހުގައި އޮ...

27 Jan 2020 | 01:57

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު، ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ރައީސް ސޯލިހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަކީ 2050 ވަނަ އަހަރުގެ ނިޔަލަށް “ކާބަން ނިއުޓްރަލް” ގައުމުތަކެއްގެ ކަމުގައި ހެދުމަށް އީޔޫގެ ކައުންސިލުން ނިންމަވާފައިވާ ނިންމެވުމަށް ތައުރީފުކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސް ނަގާ ޓެރިފްގެ މައްސަލައަށް ހައްލެއްހޯއްދެވުމަށް މަޝްވަރާކުރައްވާފައެވެ.

އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ހިޔާލު އެއްގޮތް ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ރަށްކާތެރިވުމަށާއި، ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

ހާއްސަކޮށް އީޔޫއިން އިސްކަމެއް ދީގެން ކުރުމަށް ރާއްވަވާފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރުމަށާއި، އިންސާނުން އެއްޤައުމުން އަނެއް ޤައުމަށް ހިޖުރަކުރުމާއި، ޑިޖިޓަރލައިޒޭޝަނަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް