ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ މަރާމާތަށް ފަހު މިދިޔަ މަހު ހުޅުވި ގިލިލަންކަންފުށި ރިސޯޓުގައި އެވެ. ޕަރިނީތީ އާއި އެކު އައިސް އުޅެނީ ކޮން ބައެއްކަމެއް ނޭނގެ އެވެ.
އެނާ ދަނީ ރަސްމީ އިންސްޓަގްރާމް ޕޭޖްގައި ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. ޕަރިނީތާ ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އޭނާގެ ދެވަނަ ގެ އެވެ.
https://www.instagram.com/p/B7sXQ2rlzhn/
ޕަރިނީތާ އަކީ ވަރަށް ގިނައިން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަންނަ ބަތަލާ އެކެވެ. އެގޮތުން އެންމެ ފަހުން2019 ވަނަ އަހަރުގެ އާ އަހަރު އޭނާ ފާހަގަ ކުރީ ލަކްސް އަރިއަތޮޅުގައި އެވެ.
ޕަރިނީތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ޖަބާރިޔާ ޖޯޑީ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް