ނައިބު ރައީސް ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
މިޒިޔާރަތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ، އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައިފައެވެ. މިޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބް ރައީސް ވަނީ އޮޅުން ފިލުވާފައެވެ.
ނައިބު ރައީސް ފައިސަލް ވަނީ މިދިޔަ ހަފްތާގައި ވެސް ބައެއް އިދާރާތަކަށް ޒިއާރަތް ކުރައްވާފައެވެ. އެގޮތުން ޓިވެޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް، ސްޓެލްކޯ، ގައުމީ ޔުނިވަސިޓީ، އިސްލާމިކް ޔުނިވަސިޓީ އަދި ޔޫތު މިނިސްޓްރީ އަށް ވެސް ނައިބު ރައީސް ފައިސަލް މިދިޔަ ހަފްތާގައި ޒިއާރަތް ކުރެއްވެވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް