މާލޭގެ ފިހާރައަކަށްވަދެ ވަޅިން ބިރުދައްކާ ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިއަދު މާފަންނު ބިސްބުރު ކައިރީ ފިހާރައަކަށްވަދެ ވަޅިން ބިރުދައްކާ އެ ފިހާރައިގެ ވަތްގަނޑު ތެރޭގައިހުރި ފައިސާތައް ފޭރުނު މައްސަލައިގާ ހޯދަމުންދިޔަ މީހާ އެ ފިހާރައިން ފޭރިގަތް ފައިސާތަކާއެކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް