ޕާސްޕޯޓު ހެދުމަށް ހުށައަޅާ ފޯމް، ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ހުށައެޅޭގޮތް މިއަދު އިމިގްރޭޝަނުން ހަދައިފިއެވެ.
އިމިގްރޭޝަނުން ބުނެފައިވާގޮތުގައި ޕާސްޕޯޓަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވަން ޖެހޭނީ އީމެއިލްގެ ސަބްޖެކްޓްގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރު ހިމެނޭ ގޮތަށެވެ. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީ އާއި ސްކޭން ކުރާ ފޯމުގައި ރެވެނިއު ސްޓޭމްޕް ތަތްކޮށްފައި އިންނަންވާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ޕާސްޕޯޓް ސައިޒް ފޮޓޯވެސް ފޯމާއެކު ހިމަނަން ވާނެ ކަމަށް ބުނެފައިވެއެވެ.
އެ އިއުލާންގައި ވާގޮތުން މި ހިދުމަތް މެދުވެރިކޮށް، 32 ސަފުހާގެ އިލެކްޓުރޯނިކްޕާސްޕޯޓާއި، 32 ސަފުހާގެ ނޮންއިލެކްޓުރޯނިކްޕާސްޕޯޓުގެ އިތުރުން 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓް ހެދުމަށް ހުށައެޅޭނެއެވެ. ނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި، ހަލާކުވެފައިވާ ޕާސްޕޯޓު އަދި ސެކަންޑް ޖެނެރޭޝަންގެ ޕާސްޕޯޓުގެ ތެރެއިން، ޕާސްޕޯޓުގެ މުއްދަތު އަށް މަހަށްވުރެ ގިނަ ދުވަސް ހުރި ޕާސްޕޯޓް އަލުން އާކުރުމަށް މި ހިދުމަތެއް ބޭނުމެއް ނުކުރެވެއެވެ.
މިއީ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތަށް ލުއިގޮތަކަށް ހޯދާދިނުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް އިމިގްރޭޝަނުން ބުނިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް