މަޖިލިސް އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފިއެވެ. އިލެކްޝަންސުން މި ކޮމިޓީ އެކުލަވާލާފައިވަނީ 26 މެމްބަރުން ހިމަނައިގެންނެވެ. އީސީން ބުނެފައިވާގޮތުގައި މި ކޮމ...

27 Jan 2019 | 10:24

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައިފިއެވެ. އިލެކްޝަންސުން މި ކޮމިޓީ އެކުލަވާލާފައިވަނީ 26 މެމްބަރުން ހިމަނައިގެންނެވެ.

އީސީން ބުނެފައިވާގޮތުގައި މި ކޮމިޓީގައި ޕާޓީތަކުން މެމްބަރުން ހިމަނާފައިވާނެއެވެ. ނަމަވެސް ޕީޕީއެމް އާއި ޑީއާރުޕީން މެމްބަރެއްގެ ނަން ފޮނުވާފައިނުވާތީ އެ ދެޕާޓީގެ މެމްބަރަކު ކޮމިޓީގައި ނުހިމެނޭނެކަމަށް ބުނެފައިވެއެވެ.

https://twitter.com/ElectionsMv/status/1089405296278089728

އިތުރަށް ބުނެފައިވާގޮތުގައި މި ކޮމިޓީގައި އިންތިހާބާއި ގުޅުން ހުރި އިދާރާތަކުންނާއި ދެ ޖަމިއްޔާއަކުން މި ކޮމިޓީގައި ބައިވެރިވެއެވެ. އެގޮތުން އަންހެނުންނަށް ހާއްސަކޮށްގެން ޖަމިއްޔާއަކަށް ފުރުސަތު ދީފައިވާނެކަން އިލެކްޝަންސުން ފާހަގަކުރެއެވެ.

އިލެކްޝަންސުން އަންނަނީ މި ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް