ލ. ފޮނަދޫއަށް ބަދަލުވި އެ އަތޮޅު ގާދޫ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް އަވަހަށް ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދުއަށް ބަދަލުވި ގާދޫގެ ބައެއް އާއިލާތަކާއި މިއަދު ބައްދަލުކުރައްވާ ރައީސް ޞާލިޙު ބައްދަލު ކުރައްވާ، އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި، ދަތިވާ ކަންކަމާއި، އެ އާއިލާ ތަކުގެ ކަންބޮޑުވުން އައްސަވައި، އެންމެ ބޮޑު މައްސަލައެއްކަމަށް ފާހަގަ ކުރެވިފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ އަށް ހައްލު ހޯދަދޭނެކަމުގެ ޔަގީން ކަން ރައީސް ދެއވާފައި ވެއެވެ.
2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު، ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވާައިރު، ފޮނަދޫގައި ގާދޫ ރައްޔިތުންނަށް އަޅައި ދީފައިވަނީ 85ގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް