އިސްލާމް ދީން ހިމާޔަތް ކުރުމަކީ ދައުލަތުގެ އަދި ފަރުދީ ޒިންމާއެއް: މިނިސްޓަރު

އިސްލާމްދީން ހިމާޔަތް ކުރުމަކީ ދައުލަތުގެ އަދި ފަރުދުންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ. ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީން ރ...

27 Jan 2019 | 06:33

އިސްލާމްދީން ހިމާޔަތް ކުރުމަކީ ދައުލަތުގެ އަދި ފަރުދުންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީން ރޭ ވަނީ "ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުން - ދިވެހިންގެ ޒިންމާ" ގެ ނަމުގައި ދީނީ ދަރުހެއް  ރޭގައި ބާއްވާފައިވާއިރު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 'އިސްލާމްދީން ހިމާޔަތް ކުރުމަކީ ދިވެހި ދައުލަތާއި އަދި ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް' ކަމަށެވެ.

"ދިވެހިންގެ ދީނަކީ އިސްލާމް ދީން. އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އޮންނާނީ ހަމަ އެކަނި އިސްލާމް ދީން. އިސްލާމް ދީން ހިމާޔަތް ކުރުމަކީ ދިވެހި ދައުލަތާއި އަދި ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެއް" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/AhmedZahirAli/status/1089245214747680768

ދީނީ ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މި ވަގުތުގައި ރައީސް ސޯލިހް ވަނީ ދީނީ ކަންކަމުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމާ ގުޅޭގޮތުން ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައި މަސައްކަތް ފައްޓަވާފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް