ގަސްތުގައި ރޯގާ ޖެހެން ބޭނުންވާ މީހުންނަށް ހާއްސަ ޓިޝޫއެއް އުފައްދައިފި

ލޮސް އެންޖަލްސްގެ ކޮމްޕެނީ އަކުން ރޯގާ ޖައްސައި، މީހާ ބަލިވާފަދަ ޖަރާސީމްތައް ހިމެނޭ ޓިޝޫ ވިއްކަން ފަށައިފިއެވެ. މި ޓިޝުލުގައި ބަލި މީހުންގެ ގައިގައި އުޅޭ އެކި އެކި ބަލި ފަތުރާ ޖަރާސީމް ތައް ހުރެއެވެ....

27 Jan 2019 | 05:52

ލޮސް އެންޖަލްސްގެ ކޮމްޕެނީ އަކުން ރޯގާ ޖައްސައި، މީހާ ބަލިވާފަދަ ޖަރާސީމްތައް ހިމެނޭ ޓިޝޫ ވިއްކަން ފަށައިފިއެވެ. މި ޓިޝުލުގައި ބަލި މީހުންގެ ގައިގައި އުޅޭ އެކި އެކި ބަލި ފަތުރާ ޖަރާސީމް ތައް ހުރެއެވެ.

ވައެވްގެ ނަމުން ނަންދީފައިވާ، މި ޓިޝޫގެ އަގަކީ 108 ޑޮލަރެވެ. އަދި މި ޓިޝުލަކީ، މި ޓިޝޫއިން ނޭފަތް ފޮޅައި މީހުންނަށް އޭގެ ތެރޭގައިވާ ޖަރާސީމްތަކުގެ ސަބަބުން ބަލި ޖެހޭ ގޮތަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ ޓިޝުލެކެވެ. ވައެވް ޓިޝޫ އުފެއްދުމުގެ މަގުސަދެއް ކަމުގައިވަނީ އަމިއްލައަށް ލާރި ދައްކައިގެން ބަލިވުމެވެ.

ވައެވްގެ އުފެއްދުންތެރިން ބުނާ ގޮތުގައި، ރޯގާ ނުވަތަ ވައިރަލް ހުން ފެތުރޭ ދުވަސްތަކުގައި އަމިއްލައަށް އަމިއްލަ އިހްތިޔާރުގައި ބަލިވުން މާ ރަނގަޅު ކަމަށެވެ. އަދި އެމީހުން އިތުރަށް ބުނިގޮތުގައި، ކައްޓެއް ނުވަތަ ބޭސްތަކެއް ބޭނުން ކޮށްގެން ބަލި ޖެހުމަށް ވުރެ އިންސާނެއް ކެއްސައިގެން ބޭރުވާ ޖަރާސީމުން ބަލި ޖެހުން މާ ރަނގަޅު ކަމަށެވެ.

ވައެވް ޓިޝޫ އުފައްދާ ކޮމްޕެނީގެ ބާނީ ދެއްވި އިންޓަވިއުއެއްގައި ބުނިގޮތުގައި، އެއްފަހަރު ޖެހޭ ބަލިތައް ފަހުން ޖެހެންދެން މަޑުކުރުމަށްވުރެ ކުރީބައިގައި، އަމިއްލަ އިހްތިޔާރުގައި ޖެހުން މާ ރަނގަޅު ކަމަށެވެ. އަމިއްލަ ބޭނުންވެގެން ކުރިން ޖެހުނީމަ ފަހުން އެބަލި ޖެހިދާނެތީ ވިސްނާކަަށް ނުޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް، ސައިންޓިސްޓަކު ވައެވް ޓިޝުލާއި ބެހޭގޮތުން ބުނެފައިވާ ގޮތުގައި، ބަލި ފަތުރާ އެކި ކަހަލަ ޖަރާސީމް ތައް މަސައްކަތް ކުރަނީ އެމީހުން އެވިސްނާ ގޮތަކަށް ނޫން ކަމަށެވެ. ބަލިފަތުރާ ވައިރަސްތަކުގެ 200 އަށްވުރެ ގިނަ ވައްތަރު ހުންނަ ކަމަށާއި އަދި ކޮންމެ ފަހަރަކު ވަކި ބައްޔެއް ޖެހެން ބޭނުންނަމަ ފަހަރަކު 200 އަަށް ވުރެ ގިނަ ޓިޝުލުން ނޭފަތް ފޮޅަން ޖެހޭނެ ކަމަށެވެ. އަދި އެއް ޓިޝުލުން ނޭފަތް ފޮޅައިގެން ބާކީ ހުރި ވައިރަސްތަކުން ސަލާމަތް ނުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުންވެސް އެސައިންޓިސްޓް ބުނިގޮތުގައި، އާއްމު ކޮށް މިޖެހޭ ވައިރަލް ހުންތަކަށް ހާއްސަ ކޮށްގެންވެސް ވަކި ވެކްސިނެއް ނުހުންނަނީ، ތަފާތު 200 ވައްތަރުގެ ވައިރަސް އެއް ވެކުސިނުން ނުމެރޭތީ ކަމަށެވެ. އަދި އެޓިޝުލުން ޖައްސާ ވައިރަސް ހަށިގަނޑުގައި ހަރަކާތްތެރިވާނީ ކިހިނެއް ކަމެއް ނޭނގޭތީ އެކަމާއި ވަނީ ކަންބޮޑުވުން ފާޅުކޮަށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް