ރ. މާކުރަތުގެ ތިން އިދާރާއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފި އެވެ.
ވައްކަމުގެ މައްސަލާގައި ހައްޔަރު ކޮށްފައވާ މީހުންގެ މުއްދަތުޖެހުމަށް އިއްޔެ ރ. އިންނަމާދޫ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި، އެގޮތުން ދެމީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބާކީތިބި މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ވައްކަންތަކުގައި ގާތްގަނޑަކަށް 93 ހާސް ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި ކައުންސިލް ތިޖޫރިން 83 ހާސް އަދި ސިއްހީ މަރުކަޒު ތިޖޫރިން 15 ހާސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލާގައި އުމުރުން 34 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 21 އަހަރުގެ ދެމީހަކާއި 19 އަހަރުގެ މީހަކާއި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވަނީ އުމުރުން 19 އަދި 21 އަހަރުގެ ދެމީހުނަށެވެ. އަނެއް މީހުންނަށް ދީފައިވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް