ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ކޯޓުން ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް އަނެއްކާވެސް ހައްޔަރު ކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރު ކޮށްފައިވަނީ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ވެސް ހަމަ އެ ތުހުމަތުގައި އެވެ.
ފާރިސް ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައިވާއިރު ފުލުހުން މިހާރު ވަނީ ފާރިސް ދިރިއުޅުއްވާ މ ސްނޯ ރޯޒް އިން ނެރެ ވެހިކަލެއްގައި ގެންގޮސްފައި އެވެ.
ފާރިސް ހައްޔަރުކޮށްފައިވާއިރު މިއަދު ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައިވެސް މެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް