ސީޕީ އަރީފް ހުންނެވީ އަދިވެސް މަގާމުގައި: ޕޮލިސް

ސީޕީ އަރީފް ހުންނެވީ އަދިވެސް މަގާމުގައި: ޕޮލިސް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށާއި އަދިވެސް އޭނާ ހުންނެވީ އެ މަގާމުގައި ކަމުގައި ފުލުހުން ބުނެފި އެވެ. ފ...

27 Jan 2018 | 07:42

ސީޕީ އަރީފް ހުންނެވީ އަދިވެސް މަގާމުގައި: ޕޮލިސް

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށާއި އަދިވެސް އޭނާ ހުންނެވީ އެ މަގާމުގައި ކަމުގައި ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ ސީޕީ އަރީފް މަގާމުން ވަކިކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

މިކަމާއިގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއް ކަމަށެވެ. ސީޕީ އަހްމަދު އަރީފް މިވަގުތުވެސް ހުންނެވީ ސީޕީގެ މަގާމުގައި ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރު ކުރަން ފުލުހުން ދެކޮޅު ހެދުމުން ކޮމިޝަނަރ އަރީފް ވަކި ކޮށްފި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް