ނިމިދިޔަ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 42 ޕަސެންޓް އިތުރުވެފައިވާކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ތަފާސްހިސާބު ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައިވާކަމުގައި ބުނެފައި ވެ އެވެ. އަދި މިދިޔަ އަހަރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ފައިދާ އިތުރުވެފައިވާ ކަމަށާއި އަދި ލޯނު ދޫކުރި ނިސްބަތްވެސް އިތުރުވެފައިވާ ކަމުގައިވެސް ބޭންކުން ހާމަކޮށްފައި ވެ އެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާގޮތުގައި މިދިޔަ އަހަރު އެ ބޭންކާއި 23 ހާސް ކަސްޓަމަރުން ގުޅިފައި ވެ އެވެ.
މި އަހަރަށް އަމާޒުތަކެއް ކަނޑައަޅާފައިވާއިރު ބޭންކުން ބުނެފައިވާގޮތުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫ އާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖޭން ބޭރަށް ހިދުމަތް ފޯރުކޮށްދޭން އެ ބޭންކުން ނިންމާފައި ވެ އެވެ.
ބީއެލްއެލް އިން ހާމަކޮށްފައިވާގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކުރަން މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާއިރު، އަދި އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ހިދުމަތް ފުޅާކުރަން ވަނީ ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް