ބޮލީވުޑް ބަތޮލާ ދީޕިކާ ޕަދުކޯން އަދި އެކްޓަރު ރަންވީރު ސިންގް، އައު އަހަރު ފާހަގަކުރުމަށް ރާއްޖެ އައިސް އެންގޭޖް ކުރި ކަމަށް ދެކެވޭ ވާހަކަތައް ދީޕިކާ ދޮގު ކޮށްފި އެވެ.
އޭނާ އެ ވާހަކަތައް ދޮގުކުރީ ބޮލީވުޑް ތަރި ނިހާ ދޫޕިއާ ހުށަހަޅައިދޭ ޝޯއެއް ކަމުގައިވާ "ބީއެފްއެފްސް ވިތު ވޯގު" މި ޝޯގައި އެވެ.
އެ ޝޯގައި ދީޕިކާ އެކަން ދޮގުކުރީ އެއީ ތެދެއްތޯ ނިހާ ސުވާލު ކުރުމުންނެވެ.
ދީޕިކާ އަދި ރަންވީރުގެ ލޯބީގެ ގުޅުން ފެށިފައިވާކަމުގައި ކިޔަން ފެށީ މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ގަލިޔޯކީ ރަސްލީލާ ރާމްލީލާ ފިލްމުގައި މި ދެތަރިން އެކުގައި ފެނިގެންދިޔަ ހިސާބުންނެވެ. ނަމަވެސް މި ދެތަރިން ކުރެ އެކަކުވެސް އެ ދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އެއްބަހެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް