ސައުދީއަރަބިއްޔާގެ ޖަޒާންގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް އަންހެނަކު މަރުވެއްޖެ އެވެ.
ސައުދީ ގެޒެޓުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޖަޒާންގެ މަދަޔާ-ސަވަރުމާ މަގުގައި އެވެ.
އެކްސިޑެންޓްވި ކާރު ދިޔައީ ކައިވެނީގެ ހަފްލާއަކަށް ކަމަށާއި އެކްސިޑެންޓް ހިނގީ ފަހަތު ލައިޓް ނެތް ލޮރީއެއްގައި ޖެހިގެން ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
މި އެކްސިޑެންޓްގައި އެއް އާއިލާއަކަށް ނިސްބަތްވާ ފަސް އަންހެނަކު މަރުވެފައިވާއިރު މި އެކްސިޑެންޓްގައި އެ އާއިލާގެ އިތުރު ތިން ކުޑަކުއްޖަކުވެސް ޒަހަމް ވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް