މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން ރޮނާލްޑޯ އޭނާގެ ވިޔަފާރި "ސީއާރު7" ކުޑައިގެ ދަށުން އިތުރު ތިން ހޮޓެލް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ ބިޒްނަސް އެސޯސިއޭޓުން ބުނެފި އެވެ.
އެމީހުން ހާމަކޮށްފައިވާގޮތުގައި ރޮނާލްޑޯ އިތުރު ތިން ހޮޓެލް ހުޅުވަން އުޅެނީ ނިއުޔޯކް، މެޑްރިޑް އަދި މާރާކޭޝްގައި އެވެ.
ރޮނާލްޑޯ މިހާރުވެސް އަންނަނީ ހޮޓެލް އެއް ހިންގަމުންނެވެ. އެއީ ޕޯޗުގަލްގެ ފުންޗާލްގައި އެވެ.
ރޮނާލްޑޯގެ ބިޒްނަސް އެސޯސިއޭޓްސް އިން ހާމަކޮށްފައިވާގޮތުގައި ދެން އެންމެ އަވަހަށް ރޮނާލްޑޯ ހޮޓެލް އެއް ހުޅުވާނީ މާރާކޭޝްގައި އެވެ. އެ ހޮޓެލް 18 މަސް ދުވަސްތެރޭގައި ހުޅުވާނެ ކަމުގައިވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް