ދެކުނު ކޮރެއާގެ ހަސްފަތާލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މީހަކު މަރުވެއްޖެ

އިއްޔެގެ ވަގުތެއްގައި ދެކުނު ކޮރެއާގެ ހަސްފަތާލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މީހަކު މަރުވެއްޖެ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރިހ...

27 Jan 2018 | 02:59

އިއްޔެގެ ވަގުތެއްގައި ދެކުނު ކޮރެއާގެ ހަސްފަތާލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މީހަކު މަރުވެއްޖެ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރިހާދިސާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާގައި 80 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ހަ ބުރިއަށް ހަދާފައިވާ މި ހޮސްޕިޓަލުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެމަޖެންޖީ ރޫމެއްގައި ކަމުގައި ނަރުހުންނާއި ހަވާލާދީ މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

މި ހާދިސާ ހިނގުމާއެކު އެ ހޮސްޕިޓަލުން މީހުން ހުސްކޮށްފައިވާއިރު މި ހާދިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގެ ދެވަނަ ފަންގފިލާއިންނެވެ. މި ހާދިސާ ހިނގި އިރު އެ ހޮސްޕިޓަލުން ފަރުވާ ހޯދުމުގައި 200 އަށްވުރެ ގިނަ މީހުން އުޅުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް