ފޮޓޯ: ރޮހިންގާ މުސްލިމުން ގެންދަން އުޅެނީ މި ގެތަކަށް !

ރޮހިންގާ އިން ބަންގްލަދޭޝްއަށް ހިޖުރަ ކުރި އެތައް ލައްކަ މުސްލިމުންނެއް އަނބުރާ ގެންގޮސް އެމީހުން ވަޒަންވެރި ކުރުވަން އުޅެނީ މި ގެ ތަކުގައި އެވެ. ނިމިދިޔަ އަހަރު މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމ...

27 Jan 2018 | 02:06

ރޮހިންގާ އިން ބަންގްލަދޭޝްއަށް ހިޖުރަ ކުރި އެތައް ލައްކަ މުސްލިމުންނެއް އަނބުރާ ގެންގޮސް އެމީހުން ވަޒަންވެރި ކުރުވަން އުޅެނީ މި ގެ ތަކުގައި އެވެ.

ނިމިދިޔަ އަހަރު މިޔަންމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ބުދު ދީނުގެ އަހުލުވެރިން އެގައުމުގެ އަސްކަރިއްޔާގެ އެހީތެރި ކަމާއެކު ހިންގި "ނަސްލު ނައްތާލުމުގެ" އަމަލުގައި އެތައް ހާސް މުސްލިމުންނެއް މަރާފައި ވެ އެވެ. އެތައް ލައްކަ މުސްލިމުންނެއް އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައި ވެ އެވެ.

މި މުސްލިމުން އަނބުރާ ގައުމަށް ގެންދިއުމަށް ބަންގްލަދޭޝް އާއި މިޔަންމާ އާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވާއިރު ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިޔަންމާ ސަރުކާރުން ވަނީ ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް