ވަގު ޑޮލަރު ގަތުމަށް ރިޔާލު ބޭރުކުރަން އުޅުނު ފަސް މީހަކު ސައުދީން ހައްޔަރު ކޮށްފި

ވަގު ފައިސާގެ ގޮތުގައި އެމެރިކާ ޑޮލަރު ގަތުމަށް ސައުދީން 40 މިލިޔަން ރިޔާލު ބޭރު ކުރަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ. އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ސައު...

27 Jan 2018 | 01:48

ވަގު ފައިސާގެ ގޮތުގައި އެމެރިކާ ޑޮލަރު ގަތުމަށް ސައުދީން 40 މިލިޔަން ރިޔާލު ބޭރު ކުރަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ސައުދީއަށް ނިސްބަތްވާ ތިން މީހަކާއި ޔަމަނަށް ނިސްބަތްވާ މީހަކާއި އުތުރު އެފްރިކާގެ ގައުމެއް ކަމުގައިވާ އެރިޓްރިއާ އަށް ނިސްބަތްވާ މީހަކު ހިމެނޭ ކަމުގައި ސައުދީ ފުލުހުން ބުނެފައިވެ އެވެ.

ސައުދީ ފުލުހުން ހާމަކޮށްފައިވާގޮތުގައި މި މީހުން މި ފައިސާތައް ބޭރުކުރަން އުޅުނީ ކަރުދާސް ހަތަރު ފޮށީގައި ބަންދު ކޮށްގެންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ފޮށިތަކުގައި 40 މިލިޔަން ރިޔާލު ހުންނާނެ ކަމުގައި ބެލެވުނު ނަމަވެސް އެ ފޮށިތަކުން ފެނިފައިވަނި 12 ހާސް ރިޔާލެވެ. މަތީގައި ރިޔާލު ބެހެއްޓުމަށްފަހު ފޮށީގެ އަޑިއަށް އަޅާފައިހުރީ ފައިސާ އާއި އެއް ސައިޒަކަށް ކަފާފައިހުރި ކާޑުބޯޑު ކަރުދާސް ކަމުގައިވެސް ސައުދީ ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް