ރީޑިންގ ނުކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަހައްދުގައި
ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިންގ ނުކް" އެއް ގާއިމްކޮށް، މިއަދު އެތަން
ހުޅުވައިފިއެވެ.
މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން،
އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރެވުނު
ނުކް އެކެވެ.

އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް
އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެއެވެ. އޭގެ
ތެރޭގައި، އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ހަ އަހަރާއި ދިހަ
އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް
ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން
ހުންނާނެއެވެ.

ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް
ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް
ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ
ރައްދުކުރަންވާނެއެވެ.

ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް
ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ
ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން
ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ
ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް