ބައިނަލްއަގްވާމީ މެންޓަލް މެތްސް މުބާރާތެއްގައި ބައިވެރިވުމަށް ހަތް ދަރިވަރަކު އިންޑިއާއަށް

އިންޑިއާގައި ބާއްވާ މެންޓަލް މެތްސް މުބާރާތެއްގައި ބައިވެރިވުމަށް ރާއްޖޭގެ ހަތް ދަރިވަރަކު ރޭ ފުރައިފިއެވެ. ޕޫނޭގައި އޮންނަ މި މުބާރަތަކީ މެންޓަލް މެތަމެޓިކްސްގައި އިންޑިއާގެ މަޝްހޫރު ކުންފުންޏެއްކަމަ...

26 Dec 2019 | 16:53

އިންޑިއާގައި ބާއްވާ މެންޓަލް މެތްސް މުބާރާތެއްގައި ބައިވެރިވުމަށް ރާއްޖޭގެ ހަތް ދަރިވަރަކު ރޭ ފުރައިފިއެވެ.

ޕޫނޭގައި އޮންނަ މި މުބާރަތަކީ މެންޓަލް މެތަމެޓިކްސްގައި އިންޑިއާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ސްމާޓްކިޑް އެބަކަސް ލާނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ ހަތަރު ގައުމަކުން ބައިވެރިވެއެވެ. މި މުބާރާތް އޮންނާނީ މި މަހު 28 ގައެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ކުދިންނަކީ ސްކިލް ހެޓްސް ޖީނިއަސް ގެ ދަރިވަރުންނެވެ. ސްކިލް ހެޓްސް ޖީނިއަސް އަކީ ސްމާޓްކިޑް އެބަކަސްގެ މެންޓަލް މެތަމެޓިކްސް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެވެ. ރާއްޖޭން މި މުބާރާތުގައި ބައިވެރިވާ ކުދިންނަކީ ރާއްޖޭގައި ބޭއްވި މުބާރާތުން އެންމެ ރަނގަޅު މާކްސް ލިބުނު ދަރިވަރުންގެ ތެރެއިން އިންޑިއާގައި އޮންނަ މުބާރާތުގައި ބައިވެރިވާން ބޭނުންވި ދަރިވަރުންނެވެ.

ސްކިލް ހެޓްސްގެ މާކެޓިން މެނޭޖަރ އަބުދުލް ޖަލީލު ވިދާޅުވީ " މި މުބާރަތަކީ ކުދިންގެ ހުނަރު ދައްކާލުމުގެ އިތުރުން އެ ކުދިންނަށް ވަރަށް ރަނގަޅު ލާނިން އެކްސްޕީރިއަންސެއް' ކަމަށެވެ. މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ސަބަބުން ކުދިންގެ ސެލްފްކޮންފިޑެންސް އިތުރުވެ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންޓަލް މެތަމެޓިކްސް އަކީ ހިސާބު އިލްމަށް ކުއްޖާ މޮޅުކޮށްދީ ކުއްޖާގެ ވިސްނުމާ ހުނަރު ކުރިއަރުވާދީ ހިތުން ހިސާބު ހެދުމަށް ކުއްޖާގެ ސިކުނޑި ފަރިތަކޮށްދޭ އިލްމެކެވެ. މިޕްރޮގްރާމްގެ ސަބަބުން ކުއްޖާގެ ލިޔުމުގެ ސްޕީޑާ، ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު އިތުރުކޮށްދޭނެއެވެ. އަދި ހިސާބު އިލްމުގެ ނަޒަރިއްޔާތުތައް މަސައްކަތްކުރަނީ ކިހިނެއްކަން ކުދިންނަށް ދަސްވާނެއެވެ.

ސްކިލް ހެޓްސް ޖީނިއަސްގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް މިހާރު ފުރުސަތު ވަނީ ހުޅުވާފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެކަޑަމިކް ޑިރެކްޓަރ އަބްދުލް ފައްތާހު (7752111 ) އަށް ގުޅުއްވުމުން ލިބޭނެ ކަމަށް އެ އިންސްޓިއުޓުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް