2020 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.އާރް.އެމް ގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފިއެވެ.
އެމް،އާރް.އެމް ގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާއިރު އެ ޕާޓީގެ ޓިކެޓުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަށްވަން ބޭނުންފުޅުވާނަމަ، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަކުރައްވާ ކައުންސިލް ގެ ނަން ޖެއްސެވުމަށް ފަހު 25 ޖެނުއަރީ 2020 ގެ 16:00 ގެ ކުރިން، 7563664 ނަންބަރު ފޯނަށް އެސް.އެމް.އެސް ކުރެއްވުން އެދޭކަމަށް އެ ޕާޓީން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާނަމަ ބަޔާންކުރެވިފައިވާ ފޯނު ނަންބަރާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް އެ ޕާޓީން ބުނެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ނަންފުޅުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޕާޓީގެ އިންތިގާލީ ރައީސަކީ ރައީސް މައުމޫނެވެ. ނައިބު ރައީސުންނަކީ ޔުމްނާ މައުމޫނާއި އާމިނަތު ނާދިރާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް