ރިންގު ރޯޑު ބޮޑު އެކްސިޑެންޓާ ގުޅިގެން ބިދޭސީ ޑްރައިވަރުގެ ލައިސަންސް ބާތިލުކޮށް ދެ އަހަރަށް ބްލެކްލިސްޓް ކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ރިންގު ރޯޑުގައި ޖިޕެއް ކޮންޓްރޯލުން ނެއްޓިގޮސް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން، އެ ޖިޕް ދުއްވި ބިދޭސީ މީހާގެ ލައިސަން...

26 Dec 2019 | 12:49

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ރިންގު ރޯޑުގައި ޖިޕެއް ކޮންޓްރޯލުން ނެއްޓިގޮސް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން، އެ ޖިޕް ދުއްވި ބިދޭސީ މީހާގެ ލައިސަންސް ބާތިލުކޮށް ދެ އަހަރުގެ މުއްދަތަށް އޭނާއަށް ލައިސަންސް ދޫނުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

އެރޭ 01:22 ހާއިރު ރިންގުރޯޑުން ބުރިޖަށް އަރަން އޮންނަ ލައިޓް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ. އޭގެ ތެރޭގައި އެ ޖިޕް ދުއްވަން އިން އުމުރުން 27 އަހަރުގެ ބަންގްލަދޭޝް މީހާވެސް ހިމެނެއެވެ.

އެ އެކްސިޑެންޓްގައި ތިން ކާރާއި ޖިޕަށް ވަރަށް ބޮޑަށް ގެއްލުންތައް ލިބިފައިވެއެވެ. އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލުތަކާއި ކާރުތައް ދުއްވަންތިބީ މުޅިންވެސް ލައިސަންސް އޮތް މީހުން ކަމަށްވެސް ފުލުހުންބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް