ހުޅުމާލެއިން ސިނަމާލެ ބްރިޖަށް އަރާ ހިސާބުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ކ. ތުލުސްދޫ އަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގު މަރުވި މައްސަލައިގައި ބަސް ޑްރައިވަރަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ޕީޖީ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޓީސީސީގެ ބަސް ޑްރައިވަރަށް ފިޔަވަޅު އެޅުމަށް މަޝްވަރާކުރަނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ވަކި ސަބަބެއް އަދި ސާފުވެފައި ނުވާތީ ދައުވާކުރެވޭނެ ގޮތެއް ބެލުމަށްތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ތަހުގީގުކުރާ މައްސަލަތަކުގައި އާންމުކޮށް ވެސް ޕީޖީއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެމްޓީސީސީން ވަނީ މިއެކްސިޑެންޓް ހިނގި ވަގުތު އަންޖުމް އާއި އޭނާގެ މަންމަ ދުއްވި ސައިކަލް އެމްޓީސީސީގެ ބަހުގައި ޖެހުނު ކަން އެނގިފައި ނުވާ ކަމަށް ޑްރައިވަރާއި ބަހުގައި ތިބި ބައެއް މީހުން ބުނެފައިވާ ކަމަށް މައުލޫމާތު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް