މިއަދު ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ތަހުނިޔާ ފޮނުވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް الله ގެ ހަޟުރަތުގައި ދުއާ ދަންނަވަމުން ކަމަށެވެ
މި އަހަރުގެ އެއްބައިވަތަކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮތީ އެ ކާރިސާއިން ބޮޑު ގެއްލުންތަކެއްވި ތ. ވިލުފުށީގަ އެވެ.
ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 13000 އަށް ވުރެ ގިނަ ގެ ސުންނާފަތިވި އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް