އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ބާއްވަން ރެހެންދި ސުކޫލެއް ނުދިން

އިދިކޮޅު ޕީޕީއެމްގެ ހަރަކާތެއް ބޭއްވުމަށް ހުޅުމާލޭގެ ރެހެންދި ސުކޫލް ދޫނުކޮށް ހިފަހައްޓައިފިއެވެ. ރެހެންދި ސުކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސިޔ...

26 Dec 2019 | 06:43

އިދިކޮޅު ޕީޕީއެމްގެ ހަރަކާތެއް ބޭއްވުމަށް ހުޅުމާލޭގެ ރެހެންދި ސުކޫލް ދޫނުކޮށް ހިފަހައްޓައިފިއެވެ.

ރެހެންދި ސުކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތް ހިންގުމަށް ސުކޫލްގެ ތަންތަނާއި ތަކެތި ދޫނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ލަފާ ދީފައިވާތީ ޕީޕީއެމުން އެދިފައިވާ ހަރަކާތް ކުރިއަށް ގެންދިއުމަށް ސުކޫލް ހޯލް ދޫކުރެވެން ނެތް ކަމަށެވެ.

ޕީޕީއެމް އިން ރެހެންދި ސުކޫލު ދޫކޮށްދިނުމަށް އެދުނީ ހުޅުމާލޭގައި ދިރިއުޅޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާ ބައްދަލުކޮށްލުމަށް ބޭނުންވާތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރެހެންދި ސުކޫލް ނުލިބޭނެ ކަމަށް އެންގުމާ ގުޅިގެން މިބައްދަލުވުމާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް