މައުލޫމާތު ހާމަކުރާ ނޫސްވެރިން ހާއްސަ އެވޯޑެއް

ރައްޔިތުން ބޭނުންވާ މައުލޫމާތު ހާމަކުރާ ނޫސްތަކާއި ނޫސްވެރިންނަށް ހާއްސަ އެވޯޑެއް ދިނުމަށް ނިންމައިފިއެވެ. އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން މިއެވޯޑް ދިނުމަށް ނިންމާފައިވާ ކަން އިއުލާންކުރެއްވީ އިންފޮމ...

26 Dec 2019 | 06:37

ރައްޔިތުން ބޭނުންވާ މައުލޫމާތު ހާމަކުރާ ނޫސްތަކާއި ނޫސްވެރިންނަށް ހާއްސަ އެވޯޑެއް ދިނުމަށް ނިންމައިފިއެވެ.

އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން މިއެވޯޑް ދިނުމަށް ނިންމާފައިވާ ކަން އިއުލާންކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާއެވެ.

އާރްޓީއައިގެ ނަމުގައި އަންނަ އަހަރު މުޅިން އަލަށް ނޫސްވެރިންނާއި މީޑިއާތަކަށް ދޭ އެވޯޑެވެ. މިއެވޯޑް އަމިއްލަ ޖަމިއްޔާތަކަށް ދިނުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މިއެވޯޑް ދޭނީ މައުލޫމާތު ހާމަކުރުމުގެ ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން ގެންދާ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް