ބ.އަތޮޅު ކެންދޫ އިން ރިޔަލު ދޯންޏެއްގައި ކަނޑުމައްޗަށް ނިކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނު މީހާ އަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ކެންދޫއިން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އުމުރުން 44 އަހަރުގެ އަބްދުﷲ އަލީ ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށަކުން ފެނިފައިވާ ކަމަށެވެ.
އެމީހާ އެކަނި ރިޔަލު ދޯންޏެއްގެ މަހަށް ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަންފެށީ އާދިއްތަ ދުވަހެވެ. އެރަށު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އެމީހާ ވަނީ ރޭ 23:23 ހާއިރު ހޯދާފައެވެ.
އޭނާ އަސް މިހާރުވެސް ކެންދޫ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް