އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހޭ މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އިއްޔެގެ ވަގުތެއްގައި ވަނީ ހައްމާދަށް ދައުވާކުރުމަށްޓަކައި އޭނާގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.
ދައުލަތުން ހައްމާދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ އެވެ.
އުމުރުން 13 އަހަރުގެ މިއަންހެން ކުއްޖާއާއި އޭނާގެ އާއިލާގެ އެހެން ކުދިން މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް