ރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ޒަހަމްވެއްޖެ

ވިލިމާލޭގައި ރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭ ވިލިމާލޭގައި ހިންގި މާރާމާރީ އެއްްގައި ކުޑަކުއްޖަކަށް އަނިޔާވި އިރު، ފިހާރައެ...

26 Dec 2019 | 05:35

ވިލިމާލޭގައި ރޭ ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭ ވިލިމާލޭގައި ހިންގި މާރާމާރީ އެއްްގައި ކުޑަކުއްޖަކަށް އަނިޔާވި އިރު، ފިހާރައެއްގެ ބިއްލޫރިގަނޑުވެސް ތަޅާލާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ގަޑިން 23:11 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރޭ އެ މާރަމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ބުންނެވެ.

އެ މާރަމާރީގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެ ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ. އެކުއްޖާއަށް ފަރުވާ ދިނީ ބޮލުން ތަންކޮޅެއް ފަޅައިގެން ގޮސްގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް