ކައުންސިލް އިންތިހާބްގައި އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ކަނޑައަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ކަނޑަައަޅައިފިއެވެ. ރޭ އިލެކްޝަންސްއިން ވަނީ އެ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތު ނަގައިފައެވެ. މާލެ ސިޓީގެ ޖުމް...

26 Dec 2019 | 04:57

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ކަނޑަައަޅައިފިއެވެ.

ރޭ އިލެކްޝަންސްއިން ވަނީ އެ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތު ނަގައިފައެވެ.

މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް ރޭ ވަނީ އިއުލާން ކޮށްފައެވެ.

އިންތިހާބީ ދާއިރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހާ ހަމައަށް އޮތީ ހަމަވެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެ ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް