45 ވަނަ ގައުމީ ފެތުމުގެ މުބާރާތް ނިމި، ބައިވެރިންނަށް ތައްޓާއި އިނާމު ދީފި އެވެ.
މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަނުން ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ ރިވަރިން ސްޕޯރޓްސް އެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން 7 ޓީމާއި ފިރިހެން 9 ޓީމް ބައިވެރިވި އިރު، މި މުބާރާތުގައި ޖުމްލަ 195 ފެތުންތެރިން ވަނީ ވާދަކޮށްފަ އެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ މިނީ ސްޕޯރޓްސް ކޮމްޕްލެކްސް ސްވިމިންގ ޕޫލްގައި ބޭއްވި މި މުބާރާތުގެ އަންހެން ސީނިއަރ ކެޓަގަރީގެ އެއްވަނަ ހޯދީ ހަމްނާ އަޙްމަދު އެވެ. އަދި ފިރިހެން ސީނިއަރ ކެޓަގަރީގެ އެއްވަނަ ހޯދައިފައިވަނީ މުޙައްމަދު ޢާން ޙުސައިން އެވެ.
އަންހެން ޖޫނިއަރ ކެޓަގަރީގެ އެއްވަނަ މެރަލް އައީން ލަތީފް ހޯދި އިރު، ފިރިހެން ޖޫނިއަރ ކެޓަގަރީގެ އެއްވަނަ ހޯދައިފައިވަނީ އިޒްޔާން ނާޒިމެވެ.
މާސްޓަރސް ކެޓަގަރީ އެއްވަނަ ހޯދައިފައިވަނީ ޙަސަން އަޝްރަފް އާއި ޖީހާން އަޙްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް