2023ގެ އިންތިޚާބުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ޗޮއިސްއަކީ އެމްއެންޕީ: ދުންޔާ

2023ގެ އިންތިޚާބުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ޗޮއިސްއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅ...

26 Nov 2021 | 18:19

2023ގެ އިންތިޚާބުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ޗޮއިސްއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އަވަސް އޮންލައިންގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

ދުންޔާ ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ފައްޓަވާފައިވާ ސިޔާސީ މަަސައްކަތަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. އަދި އެއީ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެ ބޭފުޅަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.

" 2023ގެ އިންތިހާބުގައި ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ޗޮއިސްއަކީވެސް އެއީ. މިވަގުތު އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށްވެސް ސަރުކާރު ހިންގުމުގެ ފުރުސަތު ރައްޔިތުން ވަނީ ދީފަ. އެކަމަކު ރައްޔިތުން އުންމީދުކުރި މިންވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައިނުވާތީ މިއީ އައު ބަދަލެއް ގެންނަން ޖެހޭ ވަގުތު." ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގެ މިހާރުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާ ދުންޔާ ވަނީ ފޮރިން މިނިސްޓަރު ރާއްޖޭގައި ނެތި ވުޒާރާ ހިންގަވަމުންދާކަމީ ނުހަނު ކަންބޮޑުވާކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވީ މިހާލަތަކި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ބޭނުން އެންމެ ބޮޑަށް ބޭނުންވާ ވަގުތަށްވާއިރު، މިހާލަތުގައި މިނިސްޓަރަކު ނެތުމަކީ ސަރުކާރަށް ވެސް އަދި ރާއްޖެއަށް ވެސް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށެވެ.

ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ދުނިޔޭގެ މަތީ މަޤާމެއް ނުވަތަ ޝަރަފެއް ލިބުމަކީ ދިވެހިން ފަޚުރުވެރިވާނެ ކަމެއްކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ތިމާއާއި މަތިވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އެއްފަރާތްވާނެހެން މިފަދަ ކަންކަން ކުރުމަކީ އެކަމުން ޤައުމަށް ވެސް ފައިދާ ކުރާނެ ކަންކަމެއް ނޫންކަން ދުންޔާ ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް