ފާއިތުވި 24 ގަޑި އިރު 152 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 152 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގ...

26 Nov 2021 | 17:12

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 152 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން 112 މީހުންނާއި މާލެއިން 22 މީހުން ނެވެ. އަދި ރިސޯޓުތަކުން 17 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން 91،274 މީހުން މިހައިތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިބައްޔަށް 1،823 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު، މީގެތެރެއިން 14 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 161 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 89،190 އަށް އަރާފަ އެވެ.

މި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 248 މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް