އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަށް އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާ ސަރުކާރުގެ ދައުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ހާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާއި މިއަދު ބައްދަލުކުރެއްވުމަށްފަހު އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމް އާއި އދގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދިޔަަ ކަމުގަ އެވެ. މީގެ އިތުރުން ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
އާންމު މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ޗައިނާގައި ހުންނަ އދ. ގެ އޮފީސްތަކުގެ ޓީމްތަކާއި ބައްދަލުކުރައްވާފައި ވެއެވެ. އަދި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވާސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަ ދެއްކެވި އެވެ.
މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް