ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސައިންސްވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި B.1.1.529 ގެ ނަންދީފައިވާ މި ވޭރިއަންޓަ...

26 Nov 2021 | 15:44

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސައިންސްވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި B.1.1.529 ގެ ނަންދީފައިވާ މި ވޭރިއަންޓަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވޭރިއަންޓެކެވެ.

މި ވޭރިއަންޓު އެގައުމުގެ އެކި ހިސާބުތަކަށް ފެތުރެން ފެށުމާއިގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ސައުތް އެފްރިކާގެ މީހުންނަށާއި އެގައުމުން ދަތުރުކުރާ އެހެން މީހުންނަށް މިހާރުވަނީ ބަންދުކޮށްފަ އެވެ.

އާވޭރިއެންޓުގެ ސަބަބުން ސައިންސްވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ސައިންސްވެރިން ބުނަމުން ދަނީ މި ވޭރިއަންޓުން ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށްއަވަހަށް ތަނަވަސްވެެގެންދާނެ ކަމަށާއި ހަށިގަޑުގެ ދިފާއީ ނިޒާމަށް ނޫދެވޭ އަސަރު ވަރަށްބޮޑަށް ކުރާނެކަމަށެވެ.

މިވޭރިއެންޓް ބޮޓްސުވާން، ހޮންގކޮންގ އަދި ބެލްޖިއަމްއަށް ވެސް ވަނީ ފެތުރިފަ އެވެ. އަދި އެގައުމުން ހޮންގކޮންގއަށް ދަތުރު ކުރިމީހެއްގެ ކިބައިން މި ވޭރިއެންޓެ ފެނިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

B.1.1.529އަކީ ނުރައްކާތެރި، ކަންބޮޑުވާންޖެހޭ ވޭރިއެންޓެއްތޯ ކަޑައެޅުމަށް ޑަބްލިއުއެޗްއޯ އިން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް