އައިޖީއެމްއެޗު ރިސެޕްޝަން ކައިރީ ހުރި ފަންޑު ފޮށި ވަގަށް ނަގައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ރިސެޕްޝަން ކައިރީ ހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ފަންޑުފޮށި ވަގަށް ނަގާފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށްހާ...

26 Nov 2021 | 13:57

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ރިސެޕްޝަން ކައިރީ ހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ ފަންޑުފޮށި ވަގަށް ނަގާފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު ކަމަށެވެ.

އެހެންނަމަވެސް އެ ފޮށީގައި ހުރީ ކިހާ ފައިސާއެއްކަމެއް ނޭނގޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިކަމާއިގުޅިގެން ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލަ މިއަދު 10:45 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ފަންޑު ފޮށި ފެނުނުކަމެއް ފުލުހުން އަދިހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް