ސިންގަޕޫރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
އެ ލިސްޓުގައި ރާއްޖެ ހިމެނުމުން އަންނަ ޑިސެމްބަރ މަހުގެ 16 އިން ފެށިގެން ރާއްޖޭން ސިންގަޕޫރަށް ކަރަންޓީނުނުވެ ދެވޭނެ އެވެ.
މީގެ އިތުރުން އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޓްރެވަލް ފާހަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެގައުމުގެ ޚަބަރުތައް ބުނެއެވެ.
ސިންގަޕޫރުގެ ގްރީން ލިސްޓުގައި ދެން ހިމަނާފައިވަނީ ލަންކ، ތައިލެންޑު، ތުރުކީ، ފިޖީ އަދި ކެމްބޯޑިއާ އެވެ.
އެހެންކަމުން ކަރަންޓީނުވުމެއް ނެތި ސިންގަޕޫރަށް ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު ވަނީ 27 އަށް އިތުރުވެފަ އެވެ.
ގްރީން ލިސްޓުގައި ހިމެނުނުކަމުގައިވިޔަސް ކަރަންޓީނުވުމެއް ނެތި އެގައުމަށް ދަތުރުކުރެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ނެގަޓިވް ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ.
އެކަމަކު ވެކްސިން ފުރިހަމަކޮށް، ޕީސީއާރު ޓެސްޓް ނެގަޓިވްވި މީހުންނާ އެކު، ވެކްސިން ނުޖަހާ 12 އަހަރުންދަށުގެ ކުޑަކުދިންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް ދެވޭ ގޮތަށް އެގައުމުން ވަނީ ނިންމާފަ އެވެ.
ސިންގަޕޫރުން މިހާރުނިންމާފައިވަނީ ކަރަންޓީނާ ނުލާ ސިންގަޕޫރަށް ކޮންމެދުވަހަކު ވެސް އެތެރެވެވޭނީ 15،000 މީހުންނަށް ކަމަށް ނިންމާފަ އެވެ. ކުރިން މިއަދަދު އޮތީ 10،000 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް