ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެލްޖީއޭގެ ނައިބު ރައީސްގެ މަގާމަށް ފާތިމަތު ނިއުމާ އިންތިޚާބުކޮށްފި އެވެ.
އެ ބޯޑުގެ މެމްބަރު ފާތިމަތު ނިއުމާ އެބޯޑުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީ މިއަހަރުގެ 31 ވަނަ ބޯޑް ބައްދަލުވުމުގަ އެވެ.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނިއުމާ އެލްޖީއޭގެ ބޯޑަށް އައްޔަންކޮށްފައިވަނީ ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އައްޔަންކުރަންޖެހޭ މެންބަރުގެ ގޮތުގަ އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ރައީސްއަކީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރު ކަމަށްވާތީ އެލްޖީއޭގެ ރައީސްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް ފާތިމަތު އަފްޝަން ލަތީފެވެ.
ފަސް އަހަރުގެ ދައުރެއް ކަނޑައަޅާފައިވާ އެލްޖީއޭގެ ބޯޑުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.
މީގެ އިތުރުން ގާނޫނަށް ގެނައި އިސްލާހާއެކު އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން މެންބަރެއް ވެސް އިންނަވަން ޖެހ ެއެވެ.
އެލްޖީއޭ ބޯޑު:
- ރައީސް - ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
- ނައިބު ރައީސް - ފާތިމަތު ނިއުމާ
- ފާތިމަތު އަފްޝަން ލަތީފް (ސީއީއޯ)
- މުހައްމަދު ނިމާލް (އަތޮޅު ކައުންސިލް ރައީސުން ތަމްސީލު ކުރާ މެމްބަރު)
- އިސްމާއިލް ރަފީގު (މޭޔަރުން ތަމްސީލު ކުރާ މެންބަރު، ފުވަމުއްލަކު ސިޓީގެ މޭޔަރު)
- އަޒްހާ ޒަމީރު ، މެމްބަރު
- އައިޝަތު ޒީނާ އަލީ، މެމްބަރު
- އަހްމަދު ޝަރީފު، މެމްބަރު
- ހުސައިން ޔާމީން މުހައްމަދު، މެމްބަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް