ޖަރުމަންގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް، ގައުމުގެ ހާލަތު ގޯސްވެދާނެކަމުގެ ބިރު ހީވެއްޖެ

ޖަރުމަން ވިލާތުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް ދާން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ. އެގައުމުގެ ސިއްހީ އިދާރާ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މިދިޔަ 24 ގަޑިއ...

26 Nov 2021 | 12:31

ޖަރުމަން ވިލާތުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް ދާން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

އެގައުމުގެ ސިއްހީ އިދާރާ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 351 މީހުން ވަނީ މަރުވެފަ އެވެ. އަދި މިހައިތަނަށް މަރުވި މީހުންގެ އަދަދު 100،119 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަނުގައި ޕޮޒިޓިވްވާ މީހުންގެ ރޭޓު ކޮންމެ އެއްލައްކައަކުން 419.7 އަށް މިހާރުވަނީ އިތުރުވެފަ އެވެ.

ސިއްހީ މާހިރުން ބުނަނީ މިހާރުފެންނަނީ ކޮވިޑުގެ އައު ރާޅެއް ބޯމަތިވަމުން އަންނަމަންޒަރު ކަމަށާއި މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ނޫންނަމަ، ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް، މުޅި ގައުމު ހަލާކުވެދާނެ ކަމަށް ވެސް އެފަރާތްތަކުން އަންނަނީ ބުނަމުން ނެވެ.

މިފަހަކަށް އައިސް ޔޫރަޕުގެ ގައުމުތަކުގައި އަނެއްކާ ވެސް އަންނަނީ ކޮވިޑުގެ ހާލަތު ގޯސްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް