"އެކުވެރި ސުވާދީބު ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ ހަދަން ހުއްދަ ނުދޭން ނިންމައިފި

"އެކުވެރި ސުވަދީބު ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ނޫން  ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީ އިން މިކަން ހާމަ ކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ...

26 Nov 2021 | 09:38

"އެކުވެރި ސުވަދީބު ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ނޫން  ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން މިކަން ހާމަ ކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި މިމަހުގެ 15 ވަނަ ދުވަހު މުހައްމަދު ޔާސީން އެ ކޮމިޝަނަށް ހުށައެޅިސިޓީ އަށް އޭނާއަށް ފޮނުވި ޖަވާބުގަ އެވެ.

އީސީ އިން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމުގައެވެ.

މީގެއިތުރުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ޔާސީން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، "އެކުވެރި ސުވަދީބު ޕާޓީ" އަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ކުރެވޭ ނަމަކަށް ވާތީވެ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އީސީ އިން ދެވެން ނެތްކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ސޮއިކުރަށްވާ ޔާސީން އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް