އަނިޔާއާ ދެކޮޅަށް ނުތެދުވާނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެ: ޚުތުބާ

މުއައްސަސާތަކުން ކަމެއް ނުކޮށް އަނިޔާއާ ދެކޮޅަށް ނުތެދުވާނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު މައްސަލަތަކެއް އުފ...

26 Nov 2021 | 08:20

މުއައްސަސާތަކުން ކަމެއް ނުކޮށް އަނިޔާއާ ދެކޮޅަށް ނުތެދުވާނަމަ މުޅި މުޖުތަމަޢު ފަސާދަވެގެން ހިނގައިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު މައްސަލަތަކެއް އުފެދޭނެކަން ބަޔާންކުރައްވާ ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އަނިޔާއާ ދެކޮޅަށް އައި ދީނެއްކަމަށެވެ.

މިދީނުގެ ޙިމާޔަތުގައިވާ ޤައުމަކުން މިފަދަ ޢަމަލުތައް އިތުރުވަމުން ދިޔުމަކީ އެތަނެއްގައި ތިބި މުއައްސަސާތަކަކުން ދޫކޮށްލައިގެން ތިބެންޖެހޭވަރަށްވުރެ ނުރައްކާތެރި ކަމެއްކަމަށާއި މިކަންކަމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ޚުޠުބާގައި ވަނީ ގޮވާލާފަ އެވެ.

އިސްލާމީ ގިއުގަނޑުގެ ތެރެއިން ފެންނަން ނުޖެހޭ އަނިޔާގެ އެކި ޢަމަލުތައް މުޖުތަމަޢުތެރޭގައި ޢާންމުވެފައިވާތީ އެކަންކަން ހުއްޓުވުމުގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ ކޮންމެ މީހަކަށް ވެސް އަމާންކަން ލިބިގެންވާތަނަކަށް އެމީހެއްގެ ގެދޮރު ވާންޖެހޭއިރު ގޭތެރެއިން ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް އިތުރުވަމުންދާ ކަމަށެވެ.

" އެއީ ބިރުހުރި ކަމެއް. ގެވެށި އަނިޔާ އަންހެނުންނަށާއި ފިރިހެނުންނާއި ކުޑަކުދިންނާއި މުސްކުޅި މައިންބަފައިންނަށް ކުރިމަތިވަމުން އަންނަނީ ކަންބޮޑުވާ ދަރަޖައަކަށް. ނިސްބަތުން އަނިޔާގެ ޝިކާރައަކަށްވާ އަންހެނުން އިތުރު." ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ޚުތުބާގައި އިތުރަށް ވަނީ އިސްލާމްދީނުގައި އަންހެނުންނަށް ރައްކާތެރިކަމާއި އެތަކެއް ޙައްގުތަކެއް ކަށަވަރުކޮށްދީފައިވާއިރު، އެކަންކަމަށް އަނިޔާވެރިވާ މީހާ, މާތްﷲގެ ކޯފާއަށް ބިރުވެތިވުމަށް ގޮވާލާާފަ އެވެ.  އަދި އަނިޔާ ލިބޭ އެތައް ބަޔަކު މިކުޑަ މުޖުތަމަޢުގެ ތެރޭގައިވާ ކަމަށާއި އަނިޔާލިބޭ މީހާގެ ދުޢާއާއި އޭނާގެ ވެރި ރައްބާ ދެމެދު އެއްވެސް ހުރަހެއް ނުވާކަން، އަނިޔާވެރިވަމުންދާ މީހުން ހަނދާނުގައި ބެހެއްޓުމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް