އެމްޓީސީސީން ސެންޓާރާގެ ރަށްތައް ހިއްކާ ނިންމާލައިފި

ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ތްރީ ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު  ބާއްވައިފި އެވެ. ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔ...

26 Nov 2021 | 06:36

ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ތްރީ ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު  ބާއްވައިފި އެވެ.

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެ އެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

މިއީ ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާއި ޙަވާލުކުރި 26.29 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުނީ 24 ނޮވެމްބަރ 2021 ވަނަ ދުވަހު އެވެ.

މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.

މި ރަސްމިއްޔާތުގައި ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަސްފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް ޕްރަޕައިޖިޓް ތޮންގްމާއާއި، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ. ޖެސްޕަރ ހާރޑަރއާއި ޕްލޭނިންގ މިނިސްޓްރީގެ އިސްވެރިންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް