ކޮވިޑް ގައި ޙަރަކާތްތެރިވާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ވޯރކްޝޮޕެއް ފ. ނިލަންދޫގައި ފަށައިފި

ކޮވިޑް ގައި ޙަރަކާތްތެރިވާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ވޯރކްޝޮޕެއް ފ. ނިލަންދޫގައި ފަށައިފި އެވެ. މިއީ ކޮވިޑް 19 އާއި ގުޅިގެން ރަށްރަށުގައި އުފައްދާފައިވާ ޓާސްކްފޯސްތަކާއި ޞިއްޙީ ދާއިރާގައި މަސައްކަ...

26 Nov 2021 | 06:30

ކޮވިޑް ގައި ޙަރަކާތްތެރިވާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ވޯރކްޝޮޕެއް ފ. ނިލަންދޫގައި ފަށައިފި އެވެ.

މިއީ ކޮވިޑް 19 އާއި ގުޅިގެން ރަށްރަށުގައި އުފައްދާފައިވާ ޓާސްކްފޯސްތަކާއި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަށް ހޭލުންތެރިކުރުމުގެ ގޮތުން ފެށި ވޯކްޝޮޕެކެވެ.

ފ. އަތޮޅު ހޮސްޕިޓަލް ރެކްރިއޭޝަން ހޯލުގައި މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު އެވެ.

މިރަސްމިއްޔާތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އާއި ފ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ޚަލީލް އާއި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދުއާއި ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޒު އިސްމާޢިލް އަދި ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީ އާއި ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

"ވޯރކްޝޮޕް އޮން އެންހާސް ދަ އޮންގޮއިންގ ކޮވިޑް 19 ޕެންޑަމިކް ރެސްޕޮންސް އެޓް ލޯކަލް ލެވެލް" ނަމުގައި ކުރިޔަށް ގެންދާ މިވޯރކްޝޮޕަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށް ގެންދާ ވޯރކްސޮޕެކެވެ.

މިވޯރކްޝޮޕްގައި ފެސިލިޓޭޓަރުން ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑޮކްޓަރު އަޙުމަދު ފައިޞަލް ފަދަ ކަމުގެ ފަންނީބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފ. އަތޮޅާއި ދ. އަތޮޅުން 32 ބައިވެރިންނާއެކު ކުރިއަށް ގެންދާ މިވޯރކްޝޮޕްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ސައިކޯ ސޯޝަލް ސަޕޯރޓް ޑިއުރިންގ އެމަރޖެންސީ އެންޑް ޕެންޑަމިކްއާއި ކޮވިޑް 19 ވެކްސިން އެވެއާރނަސް އެންޑް މިސްކޮންސެޕްޝަންއާއި ރޫޓިން ވެކްސިން އެވެއާރނަސް އާއި އިމްޕޯޓެންސް އޮފް ވެކްސިއޭޝަން ކޮމިއުނިކޭޝަން ޑިއުރިންގ ޕެންޑަމިކް އެންޑް އިމަރޖެންސީ ސިޓްއޭޝަން ފަދަ ބައިތައް ހިމެނެ އެވެ.

މީގެ އިތުރުން ޓީމް ބިލްޑިންގ އެކްސަރސައިޒްތަކާއި ސަވައިލެންސް އެންޑް ރެސްޕޮންސް ފޯ ޕެންޑަމިކްސްއާއި ކޮމިއުނިކޭޝަން ޑިއުރިންގ ޕެންޑަމިކް އެންޑް އެމަރޖެންސީފަދަ މުހިންމުބައިތައް ބައިވެރިންނާއި ޙިއްސާ ކުރެވިގެންދާނެ އެވެ.

ނިލަންދެއަތޮޅު އުތުރުބުރިއާއި އެއަތޮޅު ދެކުނުބުރީގައި މިމަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިވޯރކްޝޮޕް މިމަހު 28 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

މިވޯރކް ޝޮޕް ރާވާ އިންތިޒާމުކުރަނީ ނިލަންދޫ ސްޕޯރޓްސް ކްލަބާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ އާއި ފ. އަތޮޅު ހޮސްޕިޓަލާއި ހޮސްޕިޓަލް ރެރިއޭޝަން ކްލަބާއި ފ. އަތޮޅު ކައުންސިލްގެ އިދާރާއާއި ނިލަންދޫ ކައުންސިލްގެ އިދާރާ އަދި ނިލަންދޫ ޔަންގް ޖެނެރޭޝަންއާއި ސްޕަރ ޖެނެރޭޝަން ކްލަބާއި ޕަބްލިކް ހެލްތް ސޮސައިޓީ އަދި ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް