އެސްއޯ/ ހޮޓެލްސް އިން ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓުގެ ބިންގާ އަޅައިފި

ގިނަ ރިސޯޓުތަކެއް ހިންގާ އެނބޫދޫ ފަޅުގައި ފްރާންސްގެ މަޝްހޫރު އެކޯ ހޮޓެލްސްގެ ލައިފް ސްޓައިލް ބްރޭންޑް "އެސްއޯ/ ހޮޓެލްސް" އިން ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓުގެ ބިންގާ އަޅައިފި އެވެ. ކްރޮސްރޯޑްސް މޯލް...

26 Nov 2021 | 06:09

ގިނަ ރިސޯޓުތަކެއް ހިންގާ އެނބޫދޫ ފަޅުގައި ފްރާންސްގެ މަޝްހޫރު އެކޯ ހޮޓެލްސްގެ ލައިފް ސްޓައިލް ބްރޭންޑް "އެސްއޯ/ ހޮޓެލްސް" އިން ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓުގެ ބިންގާ އަޅައިފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ތިން ވަނަ ރަށުގައި ހަދާ އެ ރިސޯޓަކީ އެކޯ އާއި ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި މިޔަންމާގެ މަޝްހޫރު ބިޒްނަސް އަދި ރިއަލް އެސްޓޭޓް ކުންފުނި ވައި އެކޯ ވަރލްޑް ޑިވެލޮޕަރ (ޑަބްލިޔުއީޑަބްލިޔުޑީ) އާއެކު ހަދާފައިވާ ހޮޓެލްސް މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ހިންގާ ރިސޯޓެކެވެ.

މިއީ ރާއްޖޭގައި ހުޅުވާ އެކޯގެ ހަ ވަނަ ބްރޭންޑެވެ.

މޫދު ވިލާ އާއި ބީޗު ވިލާވެސް ހިމެނޭ ގޮތުން ހަދާ އެ ރިސޯޓުގައި 80 ވިލާ ހުރެއެވެ.

އެ ރިސޯޓް ހުޅުވަން ނިންމާފައިވަނީ 2023 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް