އެމްއާރުއެމްގެ އިންތިގާލީ ނައިބުރައީސް ކަމަށް ޔުމްނާ އަދި ނާދިރާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީގެ އިންތިގާލީ ނައިބު ރައީސް ކަމަށް އެ ޕާޓީގެ މުއައްސިސް ޔުމްނާ މައުމޫން އަދި އަބަދުވެސް އެމްއާރުއެމްގެ އިސް ސަފުން ފެނިގެންދާ އައިމިނަތު ނާދިރާ ހޮވައިފިއެވެ. https://t...

26 Nov 2019 | 18:37

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީގެ އިންތިގާލީ ނައިބު ރައީސް ކަމަށް އެ ޕާޓީގެ މުއައްސިސް ޔުމްނާ މައުމޫން އަދި އަބަދުވެސް އެމްއާރުއެމްގެ އިސް ސަފުން ފެނިގެންދާ އައިމިނަތު ނާދިރާ ހޮވައިފިއެވެ.

https://twitter.com/MRM_Office/status/1199376403893866496

މި ދެމަގާމަށް މި ދެބޭކަނބަލުން ހޮވާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަވުމުގައި ނެގި ސިއްރު ވޯޓެއްގައެވެ.

https://twitter.com/MRM_Office/status/1199379252900032513

އެ ޕާޓީގެ އިންތިގާލީ ނައިބުރައީސް ކަމަށް ޔުމްނާ އަދި ނާދިރާ ހޮވާފައިވާއިރު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުލް އަލީމް ހޮވާފައިވެއެވެ.

އެމްއާރުއެމް އުފެއްދުމަށް މި މަހުގެ ހަތްވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް، ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބުވެވަޑައިގެންފައިވެއެވެ. އެރޭގެ ޖަލްސާގައި ޕާޓީގެ ލޯގޯއާއި ކުލަ އަދި އަސާސީ ގަވާއިދު ފާސްކޮށް ޕާޓީގެ ކޮމިޓީތައް އެކުލަވާލާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ރަޖިސްޓްރީކޮށް، ޕާޓީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓް އެ ޕާޓީއާއި ހަވާލުކޮށްފައިވަނީ އިއްޔެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް