މަޑަވެލީގައި އެކަނި މަސްހިފަންދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ގދ. މަޑަވެލީގައި އެކަނި މަސްހިފަން ދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ގދ. މަޑަވެލިން މިއަދު 01:00 އެހާކަންހާއިރ...

26 Nov 2019 | 16:27

ގދ. މަޑަވެލީގައި އެކަނި މަސްހިފަން ދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ގދ. މަޑަވެލިން މިއަދު 01:00 އެހާކަންހާއިރު މަސް ހިފަން ދިޔަ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

"އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން، އެމީހާ މަސްހިފަން ގޮސްފައިވަނީ މަސް ހިފާ ދަލެއް ހިފައިގެން އެކަނި ރަށުގެ ފަރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އެ ރަށު ކައުންސިލުން ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ގަމަރީ މުހައްމަދު ސައީދު (ދަފްތަރު ނަމްބަރު 3476( އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް