ސަލަފް ޖަމްއިއްޔާ އާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭގޮތަށް ޑރ. އަފްރާޝީމްގެ މަރާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ރިޕޯޓު މަޖިލިހުން ފާސް ކުރީ 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން 11 ރިކޮމަންޑޭޝަނެއް ކޮމިޓީ ރިޕޯޓުގައި ހިމެނި އެވެ. މަޖިލިހުން އެ ރިޕޯޓު ފާސް ކުރީ އެ ރިކޮމަންޑޭޝަންތަކާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް