ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އިސްލާމް ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި 2017 ވަނަ އަހަރު ފިޔަވަޅު އަޅާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
އެސުކޫލުން ނެރުނު ބަޔާނެއްގައި ކުރިންވެސް އެ ޓީޗަރާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކަމަށްވާ ހަސަން ޒަރީރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެކަން މިނިސްޓްރީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނާއި ގުޅިގެން ސީއެޗްއެސްސީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް އައީ 2017 ވަނަ އަހަރު ކަމަށާއި، އެކަން ސަމާލު ކަމަށް އައި ވަގުތުން ފެށިގެން އެ ޓީޗަރު ކްލާސްތަކަށް ނުފޮނުވާ ކަމަށެވެ.
މީގެއިތުރުން، އެ މައްސަލަ އެޑިއުކޭޝަނާ ހިއްސާ ކުރި ކަމަށާއި އެ މިނިސްޓްރީގެ ލަފާގެ މަތިން މައްސަލަ ބަލާ، އެ މައްސަލައާ ގުޅޭ ހުރިހާ ދަރިވަރުންގެ ބަޔާން ނަގާ، އެ ބަޔާންތައް މިނިސްޓްރީ އާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ.
އެގޮތުން ބައެއް ދަރިވަރުން ވަނީ، ސީއެޗްއެސްއީގައި އިސްލާމް މާއްދާ ކިޔަވައިދޭތާ 10 ވަރަކަށް އަހަރުވެފައިވާ އެމީހާ، ދަންވަރު ވެސް ދަރިވަރުންނަށް ގުޅައި، އެ ދަރިވަރުން ގެއަށްދާއިރު ފާރަލަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް