ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އުމުރުން 13 އަހަރުގެ އަންޖުމް ނިޔާވި މައްސަލައިގައި ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފިއެވެ.
މި މަހުގެ 12 ގައި ހިނގި މި އެކްސިޑެންޓުގައި، ދެމައިން ތިބި ސައިކަލެއްގައި އެމްޓީސީސީގެ ބަހަކުން ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގުއެވެ.
މި މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރު މި ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު އެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ.
އަންޖުން ނިޔާވި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި އޭނާ ނިޔާވާން މެދުވެރިވީ ކިހިނެއްވެ ކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް